ޚަބަރު ސިޔާސީ

''މަޖިލީހުގެ ރައީސްކަމަށް ދެން އެންމެ ރަނގަޅީ ޤާސިމް''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޤާސިމް އިބްރާހިމް. ފޮޓޯ: މިހާރު

ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް ދެން އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤާސިމަކީ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރެވެ.

މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެން ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް އެންމެ ރަނގަޅުވާނީ ޤާސިމް ކަމަށެވެ.

ޤާސިމަކީ 18 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ ޤާސިމްކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

މޮސްޓާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވަނިކޮށެވެ.

Ads by HDC
  1. ބޯހަލާކު

    މިހުރިހައި ދުވަހު މުސާރަ ނަގައިގެން ގޭގައި އޮތީމަތަ؟ މަޖިލީހުގެ ޖަލްސާއަކަށް ނުގޮސް ރައްޔިތުންގެ ފައިސާ ކާލަކާލާ މިހުރިހާ ދުވަހު. ދެން ދޭންވީ ރައީސްކަން؟

  2. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް !