ޚަބަރު ސިޔާސީ

މި ފަސް އަހަރު މިދަނީ ''އެދުންވެރިކަމެއް'' : ޙުސައިން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ).. ދެން އިމޭޖްސް

މި ފަސް އަހަރު މިދަނީ އެދުންވެރިކަމެއް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޙުސައިން މިއަދު ވިދާޅުވީ މި ވެރިކަމުގައި މި ތިބީ ''ދޮން މީހުން'' އުޅޭ ގޮތަށް އުޅެން ހަދައިގެން ވެސް އުޅެން ނޭނގުނު ބައެއްކަމަށެވެ. ދޮން މީހުން އުޅޭ ގޮތަށް އުޅެންޖެހޭކަމަށް މީގެ އަހަރުތަކެއް ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

''ދޮން މީހުން'' ވެސް އިޖުތިމާޢީ މިންގަނޑުން ބޭރުވާފަދަ ބޮޑެތި ތުހުމަތު ކުރެވުމުން މަޤާމުން އަމިއްލައަށް އިސްތިއުފާ ދޭ ކަމަށް ޙުސައިން ވިދާޅުވިއެވެ. އެހެންކަމުން މި ފަސް އަހަރު މިދަނީ އެދުންވެރިކަމެއް ކަމަށް ޙުސައިން ވިދާޅުވިއެވެ.

ބޮޑެތި ތުހުމަތުތައް ކުރެވުމުން ''ދޮން މީހުން'' ވެސް އަމިއްލައަށް އިސްތިއުފާދޭ ކަމަށް ޙުސައިން ވިދާޅުވިއިރު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޒިނޭކުރާ މަންޒަރު ފެންނަ
4 ފޮޓޯގަނޑު އަތްޕުޅުގައި އެބަ އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން ދަނީ ނަޝީދާމެދު ނުރުހުން ފާޅުކޮށް މަޖިލިސް ރައީސްކަމުން އޭނާ ވަކިކުރުމަށް ވެސް ގޮވައިލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!