ބަޔަކު ގެންގުޅެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއްކަމަށް ބުނެފައެއް ނޯންނާނެކަމަށް ރައީސްެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
ބަޔަކު ގެންގުޅެނީ ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއްކަމަށް ބުނެ ލިޔެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި މަބްރޫކް ވިދާޅުވީ އެ ސްކްރީން ޝޮޓުން ފެންނަފަދަ ވާހަކައެއް އޭނާ ބުނެފައެއް ނުވާނެ ކަމަށެވެ.
އަދި ސްކްރީން ޝޮޓުން ފެންނަ ގޮތުގައި ޚަބަރު ލިޔުނު ނޫސްވެރިޔާ ވެސް އެއީ އެ ނޫހުން ލިޔުނު ޚަބަރެއް ނޫންކަން ކަށަވަރުކޮށްދޭކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މިފަދަ ސްކްރީން ޝޮޓެއް މީސްމީޑިއާގައި ދައުރުވާން ފެށީ ރައީސް ބަދުއަޚްލާޤީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެބައޮތްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ހިސާބުންނެވެ.
ހިޖާމާ ޖަހަން އޮތުމާ އެހެން ގޮތަކަށް އޮތުން ފޮޓޯއިން ތަފާތު ފެންނާނެ. ތިވާހަކަ ވިދާޅުވުމުން މީހުނަށް އެކަމެއްގެ ޔަގީންކަން އިތުރުވެގެންދާނެ.