މޮސްޓާ, ނަޝީދަށް: ނުބައި ދާއިރާއެއްގައި ތި އުޅެނީ, ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާާ ރަނގަޅުވާނެ

ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާ ރަނގަޅުވާނެކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ),
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދަންނަވައިފިއެވެ.
އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްްކުޅުއްވަން އިންނަވަނިކޮށް ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ދުވެ ފިލާފައިވާކަމަށް ބުނާ ޚަބަރާ ގުޅިގެން މޮސްޓާ މިރޭ ވިދާޅުވީ ރައީސް ނަޝީދަށް އަސްލު އެ އުޅުއްވަނީ ނުބައި ދާއިރާއެއްގައި ކަމަށެވެ. އަދި ފިލްމީ ދާއިރާއިން ކުރިއަށް ދިއުން މާ ރަނގަޅުވާނެކަމަށް މޮސްޓާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްްކުޅުއްވަން އިންނަވަނިކޮށް ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ދުވެ ފިލާފައިވާކަމަށް ބުނެފައިވަނީ ނަޝީދުގެ ދަރިކަނބަލުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އަށް ފޮނުއްވި މެސެޖެއްގައެވެ. އީވާ ވަނީ އެ މެސެޖު މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިއްސާ ކުރައްވައިފައެވެ.
ރައީސް ނަޝީދު ފުރަތަމަ ވަޑައިގަތީ ޝީސެލްސްއަށެވެ. އެއަށްފަހު ރާއްޖެ ވަޑައިނުގެން ދެން ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. ރައީސް ނަޝީދު ފޯނު ޖަހައިގެންކަމަށް ބުނާއިރު އެ މަނިކުފާނުގެ ގާޑުން ތިބިކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ.
މަޖިލިސްގެ ރަސްމީ ދަތުރޭ ކިޔާއިގެން މިދަނީ ދަރިން ކާރިޔަށް އިގިރޭސި ވިލާތަށް !