ޕީޖީ ޝަމީމުގެ ސަމާލުކަމަށް ކަމެއް ގެންނަން ބޭނުންނަމަ, އެކަމެއް މެއިލްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި
އެއްވެސްކަމެއް ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމްގެ ސަމާލުކަމަށް ގެންނަން ބޭނުންވާނަމަ އެކަމެއް އީމެއިލްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި އިންތިޒާމު ހަމަޖެއްސިކަން އިއުލާނުކުރީ އިއްޔެގައެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި, ޤާނޫނުއަސާސީއާއި ޤާނޫނުން ޕީޖީއާ މަތިކޮށްފައިވާ ޒިންމާތަކާ ގުޅިގެން ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅިގެން ސީދާ ޕީޖީގެ ސަމާލުކަމަށް ގެންނަވަން ބޭނުންވާ ކަމެއް އޮތްނަމަ މިހާރު އީމެއިލް ކުރެވޭނެ ކަމަށެވެ.
އެ ގޮތުން އީމެއިލް ކުރާނީ mv.gov.pgoffice@concerns އަށްކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެ އީމެއިލްއަށް ފޮނުވާ މެއިލްތަކުގެ ތެރެއިން ސީދާ ޕީޖީ ޖަވާބެއް ނުވަތަ ރަޢުޔެއް ދެއްވަންޖެހޭނަމަ, އެ މެއިލަށް ޖަވާބު ދެއްވާނީ ސީދާ ޕީޖީ ޝަމީމްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އީމެއިލްއަށް ސީދާ ވަކި ޖަވާބެއް ނުދެއްވި ކަމުގައިވިޔަސް, އެ އޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގައި އެ އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭ ކަންކަމަށް ޕީޖީ ރިޢާޔަތް ކުރައްވާނެ ކަމަށެވެ.
އީމެއިލް ކުރެވޭ އިންތިޒާމު ހަމަޖެއްސީ އެ އޮފީހުގެ މަސައްކަތްތަކާއި, ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޢާންމުންގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނެންގެވި އިސްނެންގެވުމުގެ މަތިންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.