Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޖާބިރުގެ ރަނިންމޭޓަކަށް ވުމަށް ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވައިފި

ޖާބިރުގެ ރަނިންމޭޓަކަށް ވުމަށް ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޖާބިރުގެ ރަނިންމޭޓަކަށްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވައިފިއެވެ.

2023 ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑީއާރްޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ދޭން އެ ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފައެވެ. އެ ގޮތަށް ނިންމީ ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރްޕީގެ ަކައުންސިލުގެ ޚާއްސަ ބައްދަލުވުމުގައެވެ. ޖާބިރު ވަނީ ރިޔާސީ ޓިކެޓް ދޭން ނިންމި ނިންމުން ގަބޫލުކުރައްވައިފައެވެ.

ޖާބިރާ ހަވާލާދީ ވަން އޮންލައިންގައި ބުނީ ޑީއާރްޕީގެ ޝެޑޯ ކެބިނެޓް މިހާރު އެކުލަވައިލާފައިވާ ކަމަށާއި ރަނިންމޭޓަކަށް ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ. އެއީ ފުރަތަމަ ފަހަރަށް ނައިބު ރައީސްއަކަށް އަންހެން ބޭފުޅަކު ގެނައުމަށްކަމަށް ޖާބިރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގައި ދަރިކަނބަލުން އާމިނަތު ޖާބިރަކީ ޑިފެންސް މިނިސްޓަރެވެ. ހޯމް މިނިސްޓަރަކީ މުޙައްމަދު ޖާބިރެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް