ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ނިޝާންގެ މައްސަލަ ސްޕްރީމް ކޯޓަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް އާދަމް ނިޝާން

އައްޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކުރުމުން އެ މައްސަލަ އިސްތިއުނާފުކުރަން ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

ޝައިޚް ނިޝާން ހައްޔަރުކުރީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ޝައިޚްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގެތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މި މަހުގެ ހަތަރުވަނަ ދުވަހު ޙުކުމް ކުރީ އެ ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެ ގޮތުން އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން މިހާރު ވަނީ ނިންމައިފައެވެ.

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށް ނިޝާން ހައްޔަރުކުރީ ޖޫންމަހުގެ 22 ގައެވެ. އެ މައްސަލައިގައި ޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ބައެއް ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ވަނީ ފަޟްލޫން ދޫކޮށްލައިފައެވެ.

  1. ޔޯގާ އަކީ މިރާއްޖޭގައި އިންގިރޭސިން އޮޅުކޮށްގެން ގެންގުޅޭ ޢުލާމް އަހުމަދު ޤާދިޔާނީ ފިރުޤާގެ ފިކުރުގެ މީހުން އަޑީ ތިބެގެން ދިވެހި ޒުވާނުން ތިބިގޮތް ބަލާ ޓެސްޓު ކުރަން ހިންގާ ހަރަކާތެއް، ޒުވާނުން ވަރަށް ހިކުމަތު ޢަމަލީ މިކަމުގައި ގެންގުޅެންވާނެ !