Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ދެވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ޕްރީ ސްކޫލް އަންނަ މަހު ނިމޭނެ: އެސް.ޖޭ

ދެވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ޕްރީ ސްކޫލް އަންނަ މަހު ނިމޭނެ: އެސް.ޖޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ޕްރީ ސްކޫލް އަންނަ މަހު ނިމޭނެކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނިން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕްރީ ސްކޫލުގެ މަސައްކަތް ހަވާލުކުރީ އެސް.ޖޭ ކޮންސްޓްރަކްޝަނާއެވެ. 24 ކްލާސް ރޫމް ހިމެނޭ އެ ސުކޫލުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ މާޗުމަހުގައެވެ.

އެ ކުންފުނިން ބުނީ އެ ސްކޫލުގެ %90 މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަހުގެ15 އަށް އެ ތަން އެޗްޑީސީއާ ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި, ތަނުގެ ހުރިހާ މަސައްކަތެއް އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއީ 24 ކްލާސް ރޫމް ހިމެނޭ ސްކޫލެއް ނަމަވެސް ފުރަތަމަ ފިޔަވަހީގައި ނިންމަނީ 12 ކްލާސް ރޫމެވެ.

މި ސްކޫލަކީ ދެވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ޕްރީ ސްކޫލެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް