ޚަބަރު ސިޔާސީ

ކުށްތަކުން ޤައުމު ހަފުސްވެއްޖެ, ފުރާނައިގެ ރައްކާތެރިކަން ހޯދައިދޭންޖެހޭ: ނާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުށްތަކުން ޤައުމު ހަފުސްވެއްޖެ ކަމަށާއި, ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުމަށް އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނާޒިމް މިހެން ވިދާޅުވީ ރަޙުމްކުޑަ ގޮތަކަށް މާލޭ ގެއެއްގެތެރޭގައި ޒުވާން އަންހެނަކު މަރައިލުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

''އަނިޔާވެރިކޮށް މަރާލާފައިވާ މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު އަށް ސުވަރުގެ މިންވަރުކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.'' ނާޒިމްގެ ޓުވީޓުގައިވެއެވެ.

ޢުމުރުން 22 އަހަރުގެ ޏ.ފުވައްމުލަކު/ކުރި, ޝިއާއު (22) މަރައިލީ ރޭގެ ވަގުތެއްގައި ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައެވެ.

އެނގިފައިވާ ގޮތުގައި ޝިއާއުގެ އުޅަނބޮށްޓާ ހިސާބުން އަތް ވެސް އޮތީ ބުރިކޮށްލައިފައިވާއިރު ދެފައި ވަނީ ކަކުލު ހުޅާ ހިސާބުން ބުރިކޮށްލާފައެވެ. ކަރު ބުރިކޮށްލާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު, ކަރު މުޅިން ވަކިނުވާކަމަށް ވެސް މަޢުލޫމާތު ލިބެއެެވެ.

ނާޒިމް ވިދާޅުވީ ކުށްތަކުން ޤައުމު ހަފުސްވެއްޖެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ސަރުކާރާއި މުޅި ދައުލަތުން ކޮށްދޭންވީ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަން ހޯދައިދިނުންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!