ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: އިތުރު މީހަކު ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެކަކު ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

މި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުމާ ގުޅިގެން ފުރަތަމަ 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ފަހުން ވެސް ބައެއް މީހުން ހައްޔަރުކުރިއެވެ. އެ ގޮތުން މި މަހުގެ 02 ވަނަ ދުވަހުގައި އެކަކު އަދި 03 ވަނަ ދުވަހު ވެސް އެކަކު ހައްޔަރު ކުރިއެވެ.

02 ވަނަ ދުވަހު ހައްޔަރުކުރީ މ.އޯކިޑް ހައުސް މުޙައްމަދު ފައިޞަލެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ފައިޞަލް ދޫކޮށްލި ސަބަބެއްކަމަށް ކޯޓު ޢަމުރުގައި އޮތީ އޭނާއަކީ އެއްވުމުގައި ބައިވެރިވެ ދަނޑަށް ވަން ފަރާތެއް ނަމަވެސް އޭނާގެ ފަރާތުން އެއްވެސް މުދަލަކަށް އަދި އެއްވެސް މީހަކަށް ގެއްލުމެއް ދީފައިވާކަން އެނގެން ނެތް ކަމަށްވާތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!