Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މަޖީދީމަގުގައި ޕާކްކުރުން މަނާކޮށްފި

މަޖީދީމަގުގައި ޕާކްކުރުން މަނާކޮށްފި

މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މަޖީދީ މަގު ހިމެނޭހެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކްކުރުން މަނާކޮށްފިއެވެ.

ޕާކްކުރުން މަނާކުރަން ހަމަޖެހިފައިވަނީ އަމީނީމަގާއި ފަރީދީމަގާއި އޯކިޑްމަގާއި މަޖީދީމަގުގައެވެ. މަޖީދީމަގުގައި މިހާރު ވެސް ވަނީ ޕާކް ނުކުރެވޭ ގޮތް ހަދައިފައެވެ.

އެ ގޮތުން އެ މަގުގައި ސައިކަލް ޕާކްކޮށްފައިވާ ސަރަހައްދުތަކުން ސައިކަލުތައް ނަގައި މިހާރު ވަނީ ރީނދޫ ރޮނގު ދަމައިފައެވެ. އަދި އެ ސަރަހައްދުތަކުގައި ޕާކް ނުކުރެވޭނެކަން އަންގައިދިނުމަށް ފުލުހުން ވަނީ ''ނޯ ޕާކިންގ'' ކޯންތައް ވެސް ބަހައްޓައިފައެވެ.

Advertisement
Allied — Dhen Online (box)

އެ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށްފަހު އިތުރު ޕާކިން ޒޯނުތައް ހަދަން މާލޭ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ޕާކިންގ ޒޯނުތައް ހަދާނީ ސޯސަންވިލާ ގޭގެ ބިމުން ތަންކޮޅެއްގައްޔާއި, އެކުވެނި ޓްރެކް ކައިރިން ދެ ތަނެއްގައްޔާއި, ދަރުބާރުގޭގެ އިރަށް އޮތް ހުސް ބިމުގައްޔާއި, ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރީގައިވާ ހުސް ބިމެއްގަވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް