ޚަބަރު ޝަރުޢީ ދާއިރާ

ހިންމަފުށީގައި ހަމަނުޖެހުން ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގެސްޓު ހައުސްއަށް ވަދެ ގެއްލުން ދިން މީހާ.

ހިންމަފުށީގައި ހުންނަ ގެސްޓު ހައުސްއަކަށް ވަދެ އެ ތަނުގެ ތަކެއްޗަށް ގެއްލުންދިން މީހަކާއި އެ ރަށުގައި ހަމަނުޖެހުން ހިންގި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ ހިންމަފުށީ ގެސްޓުހައުސްއަކަށް ގެއްލުންދިން މައްސަލަ ރިޕޯޓުކުރީ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ރޭ ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

32 އަހަރުގެ މީހާ ހައްޔަރުކުރުމުން އެ ރޭ މެންދަމު ބަޔަކު ވަނީ ގެސްޓުހައުސް ކައިރީގައި ހަމަނުޖެހުން ހިންގާފައެވެ. އެ މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި, 27 އަހަރުގެ މީހަކާއި, 29 އަހަރުގެ މީހަކާއި, 37 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ވަނީ ދޫކޮށްލައިފައެވެ. އަދި އަނެއް ދެ މީހުންގެ ބަންދަށް ވަނީ 05 ދުވަސް ޖަހައިފައެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް ތަޙްޤީޤު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!