ވައްކަންކުރަން އުޅުނު މީހަކަށް ކޯރާޑިއަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މާފަންނު ގެއަކަށް ވައްކަންކުރަން ވަދެގެން އުޅެނު ބިދޭސީ މީހަކަށް ކޯރާޑިއަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާފަންނު ގެއަކަށް ވައްކަންކުރަން ވަން ބިދޭސީއަކަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ ރޭ 23:55 ހާއިރު ކަމަށެވެ.
އެ ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.