ގދ.އަތޮޅު ކައުންސިލުގެ ފަރާތުން މާލެ އަތޮޅުގެ ރަށްރަށަށް ކުރާ ތަޖުރިބާ ދަތުރު ފަށައިފި

ގދ.އަތޮޅު ކައުންސިލުގެ ފަރާތުން މާލެ އަތޮޅުގެ ރަށްރަށަށް ކުރާ ތަޖުރިބާ ދަތުރު ފަށައިފިއެވެ.
ގދ.އަތޮޅު ކައުންސިލްގެ ރައީސާއި, ކައުންސިލް މެންބަރުންނާއި, އިދާރީ އިސް މުވައްޒަފުން ބައިވެރިވާ މި ދަތުރު ފެށީ މިދިޔަ އާދިއްތަ ދުވަހު ތުލުސްދޫންނެވެ.
އެ ގޮތުން ތުލުސްދޫއަށް ކުރި ދަތުރުގައި މާލެއަތޮޅު އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ދެ ކައުންސިލްގެ ތަޖުރިބާ ހިއްސާކުރެވުނެވެ. އަދި މިހާރު ކައުންސިލުތަކުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް, ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތަކަށް ޚިދުމަތްތަށް ދިނުމުގައި އަމަލު ކުރެވިދާނެގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން މާލެ އަތޮޅު ކައުންސިލަށް ކުރި ތަޖުރިބާ ދަތުރުގައި މާލެ އަތޮޅު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މާލެ އަތޮޅު ކައުންސިލް
ގދ.އަތޮޅު ކައުންސިލުން ކުރާ މި ދަތުރުގައި މާލެ އަތޮޅުގެ ނުވަ ރަށަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ރަށު ކައުންސިލުތަކާއި, ސަރުކާރު މުއައްސަސާތަކާ ބައްދަލުކޮށް ދެ ފަރާތުގެ ތަޖުރިބާ ހިއްސާކޮށް, ރަށްރަށުގެ ލޯކަލް ޓުއަރިޒަމް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ.