ޚަބަރު ސަރުކާރު

ރައީސްގެ ތަރުޖަމާނަކަށް މިއުވާން އައްޔަން ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިއުވާން މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި މީގެ ކުރިން ހުންނެވި މިއުވާން މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަޤާމަކީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ މަޤާމެކެވެ.

މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވީ މުޙައްމަދު މަބްރޫކް ޢަޒީޒެވެ. އިއްޔެ ވަނީ މަބްރޫކްގެ އިސްތިޢުފާގެ ސިޓީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވައިފައެވެ. ރައީސް މިއަދު ވަނީ މަބްރޫކްގެ އިސްތިޢުފާގެ ސިޓީ ގަބޫލުކުރައްވައިފައެވެ.

މަބްރޫކް އިސްތިޢުފާދެއްވި ސަބަބެއް ނޭނގެއެވެ. އެނގިފައިވާ ގޮތުގައި މަބްރޫކު މިހާރު ހުންނެވީ ތައިލެންޑްގައެވެ. ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަޤާމުގައި ހުންނަވަނިކޮށް މަބްރޫކު ތަރުޖަމާނަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 01 ވަނަ ދުވަހުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހާއި ސަރުކާރަށް މަބްރޫކް ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. އަދި އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!