ދުނިޔެ

ޓައިވާނަށް ހަމަލާދީފިނަމަ ނަތީޖާ ހިތިވާނެ: ޓައިވާންގެ ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާންގެ މިނިވަންކަން ދިފާއުކުރަން އެ ޤައުމު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި، އެ ޤައުމަށް ހަމަލޭ ފަރާތްތަކަށް ވަރުގަދަ ރައްދު ދޭނެ ކަމަށް ޓައިވާންގެ ރައީސް ޓްސައި އިންގް ވެން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މީގެ 60 އަހަރު ކުރިން ޗައިނާގެ ސިފައިން ޓައިވާނަށް އަރައި ދިން ހަމަލާތަކުގައި، ޗައިނާގެ ސިފައިން ފަހަތަށް ޖައްސާ ހޯދި ކާމިޔާބީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްސައިވަނީ، ޓައިވާނުން ދިފާއުވުމަށް އަޒުމް ކަނޑައަޅައިވާ ކަމަށާއި އެ ޤައުމަށް އަރައިގަންނަ މީހުންނަށް "ބޮޑެތި އަގެއް" ލިބޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިޕޭއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޓައިވާނާއި ޗައިނާއާ ދެމެދުގެ މަޝްރަޙްވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޗައިނާއިން ޓައިވާން ކައިރީގައި ހަނގުރާމައިގެ އެކްސްސައިޒް ބާއްވާފައެވެ.

ޗައިނާގެ އިސްތިގުލާލުގެ ސަރަހައްދެއްގެ ގޮތުގައި ބެއިޖިން ދެކޭ ޖަޒީރާގެ ދިފާއުގައި ރައީސް ޓްސައި ވިދާޅުވީ، 1958 ހިނގި ހަނގުރާމައިގައި ޓައިވާނުގެ ސިފައިން ދައްކައިދިން ސާބިތުކަން މިއަދުވެސް ދައްކަން ޖެހޭ ކަމަށެވެ. އަދި މިއަދު ވެސް ޓައިވާނަށް ބަޔަކު ހަމަލާދީފިނަމަ ދިފާއު ވެވޭނެ ޤާބިލުކަން އޮތް ކަަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!