ޚަބަރު އިޖުތިމާޢީ

މަގުމަތީގައި ޙުކުމްކޮށް, ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ހާލަތު ދިއުމުން ކަންބޮޑުވާންޖެހޭ: ސަމީރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖަމްޢިއްޔަތުއްސަލަފުން ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި ޝައިޚް ސަމީރު ދަރުސް ދެއްވަނީ.

މީސްމީހުން އަމިއްލައަށް މަގުމަތީ ޙުކުމްކޮށް, ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ހާލަތު ދިއުމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝައިޚް ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދެއްވާފައިވާ ޙައްޤުތައްކަމުގައިވާ އިސްލާމްދީނާއި, މީހާގެ ނަފްސާއި, ނަސްލާއި, މުދަލާއި, ބުއްދިއާއި, އަބުރު ހިމާޔަތްކުރުމަށް އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރުން ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމަށެވެ.

ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވަނީ އެ ކަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދައުލަތަށް ފުރުސަތު ދީ އެހީތެރިވެދިނުންކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް ސަމީރު ވަނީ, މީސްމީހުން އަމިއްލައަށް މަގުމަތީ ޙުކުމްކޮށް, ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ހާލަތު ދިއުމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.

ޝައިޚް މިހެން ވިދާޅުވެފައި މިވަނީ ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނުކަމުގެ ތުުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަހުގެ 23 ވަނަ ދުވަހުގެރޭ ބަޔަކު ވަނީ މީހަކަށް އަނިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން ރޭ ވަނީ, އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާމެދު ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!