ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަންނަވަނީ
ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އދ. އިން ބުނީ މި މަހުގެ 28 އިން 29 އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީބު ދަންކަރާއި, ފޮރިން ސެކެޓްރީ ވިނޭ ކްވަޓްރާއާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އދ. ގެ ޢާންމު މަޖިލީހުގައި ހިނގަމުންދާ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ޝާހިދު އެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެކަމަށް ވެސް އދ. އިން ބުނެފައިވެއެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޮމްބީ ޝާޕް އާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.
ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް އިއްޔެ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ.
ްެކެމްޕޭނަށް ފައިސާ ހޯދަންތޯ ؟ ނަޝީދުވެސް ވީ އެކޮޅުގައި ކަމަށް ނޫސްތަކުގައި ލިޔެފައިއޮތް !