ޚަބަރު އިޖުތިމާޢީ

އަލަމްގިރިއާއެކު ލިވާތުކުރިކަމަށް ތުހުމަތުކުރެވޭ އެމްޑީޕީ ރާއްޕެ ހޯދަން އިއުލާނުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްޑީޕީ ރާއްޕެ

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) ތަޙްޤީޤަށް ހާޒިރުވުމަށް އަންގައިފިއެވެ.

Ads by Hajj Corporation

ރ. މީދޫ,ހަކީމީގެ އިބްރާހިމް ރާފިޢު (54 އ) ވަނީ ތަޙްޤީޤު ފަށާފައިވަނިކޮށް އިންޑިއާއަށް ފުރައިފައެވެ.

ފުލުހުން މިއަދު ބުނީ, ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ, އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

''..ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.'' ރާފިޢު ފޮޓޯ ހިއްސާކޮށް ފުލުހުން މިއަދު ބުންޏެވެ.

އޭނާ ހާޒިރުކުރަނީ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ 14:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ފުލުހުން ވަނީ އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

ރާފިޢު, އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ބެލެވޭ އެޗްޑީ ކޮލިޓީގެ ދިގު ވީޑިއޯ ވެސް ވަނީ ޢާންމުވެފައެވެ.

ރ.މީދޫގެ ކަތީބުކަން ކޮށްފައިވާ ރާފިޢުއަކީ އެމްޑީޕީގެ ގިނަ ޖަލްސާތައް ފެށުމުގެ ކުރިން ޤުރުއާން ކިޔަވާ އެކަކެވެ. އޭނާ އަކީ މާލޭ އިންގްލިޝް ސްކޫލުގައި އިސްލާމީ ޓީޗަރަކަށް ވެސް އުޅުނު މީހެކެވެ. ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރަކަށް އޭނާ އައްޔަންކުރީ މީގެ 3 އަހަރު ކުރިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!