ޚަބަރު އިޖުތިމާޢީ

އަމީނިއްޔާ ސްކޫލަށް 19 ޓީޗަރުން ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނު ދުވަހުގައި އަމީނިއްޔާގެ ދަރިވަރުންތަކެއް ސުކޫލުގައި. ފޮޓޯ ރައީސް އޮފީސް

އަމީނިއްޔާ ސްކޫލަށް 19 ޓީޗަރުން ހޯދަން އިއުލާނުކޮށްފިއެވެ.

Ads by Hajj Corporation

ބިދޭސީން ތިބި މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައި އެ ސުކޫލުން ކުރި އިއުލާނުގައި ބުނެފައިވަނީ, އެ ސުކޫލަށް 19 ޓީޗަރުން ހޯދަން ބޭނުންވާ ކަމަށެވެ.

މާއްދާތައް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންގެ ޢަދަދު:

އެކައުންޓްސް: 1
ސްޕެޝަލް އެޑިޔުކޭޝަން: 1
ކޮމްޕިޔުޓަރ ސްޓްޑީޒް: 1
އިކޮނޮމިކްސް: 2
އިންގްލިޝް ލިޓްރެޗަރ: 1
ފިޒިކްސް: 2
ހިސްޓްރީ: 1
ޓްރެވަލް އެންޑް ޓޫރިޒަމް: 2
ޖޯގްރަފީ: 1
ފިޝަރީޒް/މެރިން ސައިންސް: 1
ބިޒްނަސް ސްޓްޑީޒް: 1
ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން: 1
ހޮސްޕިޓަލިޓީ: 1
ހިސާބު: 1
ބައޮލޮޖީ: 1
އާރޓް: 1

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި މަހުގެ 07 ވަނަ ދުވަހުގެ ގެ ކުރިން އަމީނިއްޔާ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި, ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެއެވެ.

މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/ޕްރެސެންޓޭޝަން/އެސެސްމަންޓް އޮންނާނީ މި މަހުގެ 11 އާއި 20 ވަނަ ދުވަހާ ދެމެދު އަމީނިއްޔާ ސްކޫލުގައެވެ. މި އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑި ކެނޑިޑޭޓުންނަށް ދުރާލާ އަންގާނެކަމަށް އިއުލާނުގައި ވެއެވެ.

Ads by Allied Insurance
  1. ވާދޫ މީހާ

    ދެން ކޮބާ ވާދޫ ސްކޫލަށް ހޯދަން ޖެހޭ ޕްރައިމަރީ ޓީޗަރުން ހޯދުން….. މާލޭ ސްކޫލެއް ވީމަ އަވަށް ކޮންމެ ތާކުން ހޯދިޔަސް ހޯދާފަ ވައްދާ… ރާއްޖެ ތެރޭ ބަޔަކާ އަޅާލާނެ ކަމެއް ނެތްތާ…..