Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އާސިފް ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވައިފި

އާސިފް ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުޙައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާއާ ގުޅޭ ގޮތުން އާސިފް މިއަދު ވިދާޅުވީ ޕީއެސްއެމްގެ ބޯޑުން އިސްތިއުފާދެއްވީ މަސްލަހަތު ފުށުއަރާ އެހެން މަސައްކަތެއް ކުރައްވަން ގަސްދު ކުރައްވާތީ ޕީއެސްއެމް ބޯޑުގައި އިންނެވުމަކީ އެދެވޭ ގޮތެއްކަމަށް ނުވާނެތީ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާސިފް ގުޅިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ސަން ޓީވީއާއެވެ.

Advertisement
Allied — Dhen Online (box)

އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އާސިފް ވިދާޅުވީ އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި, ފަހަރުގައި ސަން ޓީވީއާ ގުޅިވަޑައިގަންނަވަން ވެސް ޖެހިދާނެ ކަމަށެވެ. އަދި އެ ޓީވީގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

ޕީއެސްއެމް ބޯޑަށް އާސިފް އައްޔަންކުރީ މިދިޔަ ނޮވެމްބަރުގައެވެ. އެއީ އެ ބޯޑުގެ މެންބަރަކަށް ހުންނެވި މިދުހަތު ވަކިކުރުމަށްފަހުއެވެ.

އާސިފަކީ ބްރޯޑްކާސްޓިންގ ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އާސިފް މި ޚިދުމަތް ފެށްޓެވީ 1991 ވަނަ އަހަރު ޓީވީ މޯލްޑިވްސްއިންނެވެ. އެ ގޮތުން އެ ތަނުގައި 23 އަހަރު ޚިދުމަތް ކުރެއްވިއެވެ.

އޭގެފަހުން ވީ މީޑިއާ އާ ގުޅިވަޑައިގެން ހަތް އަހަރު ވަންދެން އެ ތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމު ފުރުއްވިއެވެ. މޮންދު ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ހިންގަވަމުން ގެންދަވާ އާސިފް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް