ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަތް ޗައިނާގެ ޑްރޯނެއް ވައްޓާލައިފި

ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ޗައިނާގެ ޑްރޯންއެއް ފުރަތަމަ ފަހަރަށް އެގައުމުގެ މިލިޓަރީން ވައްޓާލައިފިއެވެ.
ބުރާސްފަތި ދުވަހު ޓައިވާންގެ އަސްކަރިއްޔާއިން މިގޮތަށް އަމަލުކޮށްފައި މިވަނީ އެގައުމުގެ ސަރަހައްދަށް ޗައިނާ އަސްކަރިއްޔާއިން ވަދެ ނުވަތަ އެގައުމަށް ހަމަލާދީފިނަމަ މަޑުން ނޯންނާނެކަމުގެ އިންޒާރު ޓައިވާންގެ ސަރުކާރުން އެތައް ފަހަރެއްގެ މަތިން ދިނުމަށްފަހުއެވެ.
ޓައިވާންގެ ޑިފެންސް ކޮމާންޑް ފޮރ ކިންމެންއިން ހިއްސާކޮށްފައިވާގޮތުގައި ޗައިނާގެ މި ޑްރޯން ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ޖީއެމްޓީ ގަޑިން 4.00ގައެވެ. ޑްރޯން ވައްޓާލާފައިވަނީ އިންޒާރުގެ ހަމަލާތަކެއް ދިނުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވާން ފެށުމާއެކު އެކަމަށް ނުރުހުން ފާޅުކޮށް، އެގައުމަށް އަމާޒުކޮށް ހަމަލާދީ އެގައުމަށް އަރަން މަސައްކަތްކޮށްފިނަމަ މަޑުން ނޯންނާނެކަމަށް ބުނެ ޓައިވާންގެ ސަރުކާރުންވެސް ވަނީ އިންޒާރު ދީފައެވެ.