ވިއްސާރައިގައި ގެއްލުންވި ފަރާތްތަކަށް 1.3 މިލިއަން ރުފިޔާދީފި

ރާއްޖޭގެ އެކި ހިސާބަށް މިދިޔަ ޖުލައިމަހު ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލުގައި ސަރުކާރުން 1.3 މިލިއަން ރުފިޔާ ދީފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުންވެގެން ރިޕޯޓުކުރީ 10 ރަށަކުން ކަމަށެވެ. އަދި އޭގެތެރެއިން 09 ރަށަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
ގެއްލުމުގެ ބަދަލު ދިން 09 ރަށް:
ހދ.ވައިކަރަދޫ
ށ.ބިލެތްފަހި
ށ.ފުނަދޫ
ތ.ތިމަރަފުށި
ގދ.ރަތަފަންދޫ
ގދ.ފިޔޯރީ
ގދ.ހޯޑެއްދޫ
ސ.މަރަދޫ
ސ.މަރަދޫ ފޭދޫ
އެންޑީއެމްއޭއިން ހެދި އެސެސްމެންޓުން ދައްކާގޮތުގައި ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ މިންވަރަށް 277 ގެއަކަށް ގެއްލުންވެ, 131 ގޭގެ ޒަރޫރ ހިފާ ގެންގުޅޭ ތަކެއްޗާއި ޢިމާރާތަށް ގެއްލުންވިއެވެ.
އެންޑީއެމްއޭއިން ބުނީ ގޭބީސީތަކުގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ބަދަލުގެ ގޮތުގައި 294,562.60 ރ. އާއިި، ޢިމާތްރާތްތަކަށް ލިބުނު ގެއްލުމުގެ ގޮތުގައި 961,725 ރ. ދީފައިވާ ކަމަށެވެ.