މި އަހަރުގެ ދެވަނަ ޓާމުގައި ''ޞަލާޙުއްދީން ސްކޫލު'' ގައި ކިޔެވުން ފެށޭނެ: މިނިސްޓަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ''ޞަލާޙުއްދީން ސްކޫލު'' މި އަހަރުގެ ދެވަނަ ޓާމުގައި ހުޅުވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ޕްރައިމަރީ ސްކޫލުކަމަށްވާ ''ކާމިލްދީދީ ޕްރައިމަރީ ސްކޫލް'' ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޚާއްސަކޮށްގެން ހަދާ ޞަލާޙުއްދީން ސުކޫލުގައި ފައުންޑޭޝަން ލެވެލެއިން ފެށިގެން ގުރޭޑް 10 އާ ހަމަައަށް ކިޔަވައިދޭނެ ކަމަށެވެ. އަދި މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި އެ ސުކޫލުގެ ކިޔެވުން ފަށާނެ ކަމަށާއި, އެ ސުކޫލު ހުޅުވުމުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެންދާނެކަން މިނިސްޓަރުގެ ވާހަކައިިގައި ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި މިއަދު ހުޅުވި ސްކޫލުކަމަށްވާ ''ކާމިލްދީދީ ޕްރައިމަރީ ސްކޫލް'' ގައި ވެސް ފައުންޑޭޝަން ލެވެލްއިން ފެށިގެން ގުރޭޑު ހަޔަކާހަމައަށް ކިޔަވައިދޭނެއެވެ. އެ ސްކޫލު ހުޅުވީ 824 ދަރިވަރުންނާއެކުގައެވެ. މި ސުކޫލާއެކު ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ފަސޭހައެއްވެގެންދާނެއެވެ.