ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: ޝިފާޒްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝިފާޒް

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މ.ކުދެހިގޭ ޙަސަން ޝިފާޒް (29) ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރީ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ހަމަނުޖެހުން ހިންގުމުގައި އޭނާގެ ސީދާ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން 25 މީހުން ހައްޔަރުކުރިއެވެ. އޭގެތެރެއިން މިހާރު ބަންދުގައި ހުރީ ޝިފާޒު އެކަންޏެވެ. ދެން ތިބި މީހުން ޝަރުތުތަކާއެކު ދޫކޮށްލި ނަމަވެސް, ތިން މީހަކު ދޫކޮށްލަން ކުރި ޢަމުރު ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

އެއީ ފ.ދަރަނބޫދޫ, އާބާދީ، ޝަބިމް އާދަމާއި, މއ.ކަނުހުރާގެ މުޙައްމަދު ޛިލްޔަންއާއި, އަޙްމަދު އަކްސަމްއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދަށުކޯޓަށް ހުށަހަޅައިފިނަމަ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ހައިކޯޓުން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!