ޚަބަރު އިޖުތިމާޢީ

ޝިއާގެ މަރު: ތަޙްޤީޤު ނިމި, ޝަރީޢަތަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލޭ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރައިލި ޏ.ފުވައްމުލަކު, ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (22) ގެ މަރުގެ މައްސަލައިގެ ތަޙްޤީޤު ނިމި ޝަރީޢަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MWSC

ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައި ޝިއާ މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ އޮގަސްޓުމަހުގެ 06 ވަނަ ދުވަހުގެރޭގައެވެ. ޝިއާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ އޮގަސްޓު 11 ގައެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުނީ 17 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ރިޕޯޓުގެ އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނީ ފޮރެންސިލް ތަހްލީލުތައް ކުރެވެމުންދާ ކަމަށާއި, މުޅި މައްސަލައިގެ ތަޙްޤީޤު ނިމި ޝަރީޢަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަޙުމްކުޑަ ގޮތަކަށް ޝިއާ މަރައިލި މައްސައިގެ ތުހުމަތުގައި ހައްޔަރުކުރި ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23), ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޮގަސްޓު 07 ގައެވެ.

ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންކަމަށްވާއިރު, އޭނާގެ ގައިގައި ވަރަށް ގިނައިން ލޭ ހޭކިފައި ހުއްޓެވެ. ޝިއާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަކިކޮށްލާފައިވާއިރު މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ރަޙުމްކުޑަ އެއް މަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!