Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ޕެނަމާ ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު ކަނޑައަޅުއްވައިފި

ޕެނަމާ ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު ކަނޑައަޅުއްވައިފި

ޕެނަމާ ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު ކަނޑައަޅުއްވައިފިއެވެ.

ޕެނަމާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕެނަމާގެ އައު ސަފީރު ވަނީ, އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފައެވެ.

Advertisement
Allied Insurance — Square (box)

ފަތްކޮޅު އެރުވުމަށްފަހު, ޕެނަމާގެ އައު ސަފީރާއި ރައީސް ޞާލިޙާ ދެ ބޭފުޅުން ބައްދަލުކުރައްވައި އެކިއެކި ކަންކަމާ މަޝްވަރާ ކުރެއްވިއެވެ.

ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނުވަނީ, މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި, ޕެނަމާގެ އައު ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރެއްވިއެވެ. އެ ގޮތުން މަލްޓިލެޓަރަލިޒަމާއި, ދެމެހެއްޓެނިވި ފަތުރުވެރިކަމާއި, މޫސުމީ ބަދަލުތަކާއި, ޑިމޮކްރަސީއާއި, ކައުންޓަރ ޓެރަރިޒަމާއި, ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހަމައެހެންމެ ރާއްޖެއާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި, ދެ ޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ވެސް ދެ ބޭފުޅުންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް