Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

މާލެއާއި އަތޮޅު ތެރޭގައި ފެނާއި ކަރަންޓްގެ އަގު ހަމަހަމަ ކުރުމަށް މަޖިލީހަށް ޤަރާރެއް

މާލެއާއި އަތޮޅު ތެރޭގައި ފެނާއި ކަރަންޓްގެ އަގު ހަމަހަމަ ކުރުމަށް މަޖިލީހަށް ޤަރާރެއް
މާލޭ ސަރަހައްދުގައި ސްޓެލްކޯއިން ދެމުން ގެންދާ ކަރަންޓްގެ ޚިދުމަތަށް އެ ކުންފުނިން ނަގަމުން އަންނަ އަގާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ފެނަކައިން ދެމުން ކަރަންޓްގެ ގެންދާ ޚިދުމަތަށް ނަގަމުން އަންނަ އަގު ހަމަހަމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ޤަރާރެއް ހުށަހަޅުއްވައިފިއެވެ. މި ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަަސަން ޝިޔާންއެވެ. ޝިޔާންގެ ޤަރާރުގައި ވަނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ތަފާތު ކަމަށާއި އަތޮޅު ތެރޭގެ ރަށްތަކާއި އެއް ހަމައެއްގައި ބޭންޑް ރޭޓާއި ބިލު ކުރުން ހަމަހަމަ ކުރަން ގޮވާލާ ކަމަށެވެ. އަދި މިތަފާތު ކުރުންތައް ގެންގުޅޭތީ، އެކަމުން ރަށްފުށުގެ ކުދި ވިޔަފާރީތައް ހިންގާ ފަރާތްތަކުގެ ވިޔަފާރީއަށާއި އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމުގެ ކަންބޮޑުވުންތައް އެފަރާތްތަކުން ފާާޅުކުރަމުން ގެންދާ ކަަމަށް އެ ޤަރާރުގައި ވެއެވެ. މާލެއަށް ބިލް ކުރާ ރޭޓު
  • 0 އިން 100 ޔުނިޓާއި ދެމެދަށް 3 ރުފިޔާ 30 ލާރި
  • 101 އިން 300 ދެމެދު ޔުނިޓަށް 3 ރުފިޔާ 35 ލާރި
  • 301 އިން 500 ޔުނިޓާއި ދެމެދަށް 3 ރުފިޔާ 65 ލާރި
  • 501 އިން 600 ޔުނިޓާއި ދެމެދަށް ހަތަރު ރުފިޔާ
  • 601 އިން 3000 ޔުނިޓާއި ދެމެދަށް ހަތަރު ރުފިޔާ 35 ލާރި
  • 3001 ޔުނިޓުން 10000 ޔުނިޓާއި ދެމެދަށް ފަސް ރުފިޔާ 75 ލާރި
  • 10000 ޔުނިޓުން މަތިން ހަ ރުފިޔާ 65 ލާރި
ރަށްފުށުގެ ވިޔަފާރިތަަކަށް ބިލް ކުރާ ރޭޓު
  • 0 އިން 100 ޔުނިޓާއި ދެމެދަށް 3 ރުފިޔާ 25 ލާރި
  • 101 އިން 200 ދެމެދު ޔުނިޓަށް 3 ރުފިޔާ 75 ލާރި
  • 201 އިން 300 ޔުނިޓާއި ދެމެދަށް 4 ރުފިޔާ 75 ލާރި
  • 300 ޔުނިޓުން މަތިން ހަ ރުފިޔާ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް