ލިވާތު ކުރިކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ެއެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި (ލިވާތު ކުރުން) 03 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އޭގެތެރެއިން އެކަކަކީ ލ.ކަލައިދޫ, ވަޒަން ޢުމުރުން 45 އަހަރުގެ އާދަމް ޙަލީމް ކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބުނުމުން ކޯޓުން އޭނާގެ ބަންދަށް ދިނީ 05 ދުވަހެވެ.
ފުލުހުން ބުނީ މި މަހުގެ 06 ވަނަ ދުވަހުގައި އޭނާ ހިމެނޭހެން 03 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ދެން ހިމެނެނީ 47 އަހަރުގެ މީހަކާއި, 49 އަހަރުގެ މީހެއްކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން 14 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކަލައިދޫ އާދަމް ހަލީމަކީ ފިރިހެން….. ކުޅޭ މީހެއް. ކުރީން ވެސް.