Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ޔަހޫދީންނާއި ނަޞާރާއިންގެ ސަގާފަތް ދިރުވައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ޔަހޫދީންނާއި ނަޞާރާއިންގެ ސަގާފަތް ދިރުވައިފި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ޢުުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ރާނީ އަވަހާރަވުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާ ފެށްޓެވުމަށްފަހު, ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ އެ ކަމަނާގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވައިފައެވެ. އެ ސުކޫތުގައި މަޖިލީހުގެ ޖަލްސާގައި ތިއްބެވި އިދާރީ މުވައްޒަފުންނާއި މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement
Allied Insurance — Square (box)

ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވި ލިޔުއްވުމެއްގައިވަނީ, މުސްލިމުންކަމަށް ވީތީވެ, ކޮންމެ ޢަމަލެއްގައި ވެސް ބަލަން ޖެހޭނީ ކީރިތި ރަސޫލާ އެކަމެއް ކުރެއްވި ގޮތަށެވެ. އަދި އެއަށްފަހު ސަލަފުއްޞާލިޙުންގެ ކިބައިން އެކަމެއް ކުރައްވާފައިވާ ގޮތެވެ. ފަހަރެއްގައިވެސް ބަޔަކު މީހުންކަންތައް ކުރާގޮތް ކޮޕީކޮށްގެން އެގޮތް ޕްރޮމޯޓްކޮށް ހަދައިގެން ނުވާނެކަމަށް އޭނާގެ ލިޔުމުގައި ވެއެވެ.

''އެހެންކަމުން، ހިތާމަ ފާޅުކުރުމުގެ ނަމުގައި ކަޅުކުލައިގެ ހެދުންލާ، ފައިގާ ރިބަންފަށް އައްސާ، މަރުވިމީހުންގެ ހަނދާނުގައި ސުކޫތު ގެނެސް ހެދުމަކީ ރަގަޅު ކަންތައްތަކެއް ނޫނެވެ. އަދިކިއެއްތަ، އެއީ އަޅުގަޑުމެން އެބަޔަކާ ޚިލާފުވުމަށް އަމުރުކުރައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ސަގާފަތްތަކެވެ.''

''ކަޅުކުލައިގެ ރިބަންފަށެއް އައްސާފައިވުމަކުން، ނުވަތަ މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަކުން ހިތާމަ ލިބުނު ޢާއިލާތަކަށް ލިބޭނީ ކޮން ހިތްހަމަ ޖެހުމެއްތޯއެވެ؟!'' އޭނާ ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް