Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މޫނުގައި ރޫ ޖެހޭތީ އުނގުޅާ ބޭހެއްގެ ފޭކު ބެޗުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

މޫނުގައި ރޫ ޖެހޭތީ އުނގުޅާ ބޭހެއްގެ ފޭކު ބެޗުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

މޫނުމަތީގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ބޭހެއްކަމަށްވާ ޑިސްޕޯޓް (Dysport) ގެ ސައްހަ ނޫން ބެޗުތަކެއް ބައެއް ޤައުމުތަކުގައި ދައުރުވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އާ ހަވާލާދީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ''ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް'' އަށް ދޭ މި ބޭހުގެ ފޭކު ބެޗު ފަސް ޤައުމެއްގައި ދައުރުވަމުންދާ ކަމަށެވެ. އެއީ އުރުދުންއާއި, އިނގިރޭސިވިލާތާއި, ތުރުކީއާއި, ކުވެއިތާއި, ޕޮލެންޑެވެ.

އެ އޮތޯރިޓީން ބުނީ މިއީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި ''ޕްރީ އޮތޮރައިޒޭޝަން'' ނަގައިގެން އިމްޕޯޓްކުރެވޭ ބޭހެއް ކަމަށާއި, ނަމަވެސް މިހާތަނަށް މި ބޭސް އެ ގޮތަށް އެތެރެކޮށްފައިނުވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެކަމަކު ރާއްޖެއިން ބޭރުން ނުވަތަ އަމިއްލައަށް މި ބޭސް އެތެރެކޮށްފައިވާނަމަ, މި ބޭސް ގަތުމުގައި ސައްހަނޫން ބެޗުތަކަށް ސަމާލުވާންޖެހޭ ކަމަށް ޑްރަގް އޮތޯރިޓީން ބުންޏެވެ. އަދި ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް, ޚާއްސަ ސަމާލުކަމެއްދީގެން ވިޔަފާރި ބަނދަރުތަކުގައި ބަލާ ފާސްކުރާނެކަމަށް ވެސް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް