ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

އެ މަޤާމަށް ކުރިމަތލެވޭނީ ޢުމުރުން 25 އަހަރުން ފެށިގެން މަތީގެ މީހުންނަށެވެ. މަޤާމުގެ މުސާރައަކީ 32000 ރުފިޔާއެވެ.

ސާޖަންޓް އެޓް އާމްސްއަކީ މަޖިލީހުގެ އަމީންއާންމުގެ މަޤާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާއެވެ.

''ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެ ފަރާތުގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު (ލިޔުމުން) 28 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.'' މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ވެއެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމު އުފެއްދީ 2013 ވަނަ އަހަރުއެވެ. އެ މަޤާމު އުފެއްދީއްސުރެ އެ މަޤާމު އަދާކުރައްވަމުން ގެންދެވީ މުޙައްމަދު ޙަލީމެވެ.

މަޖިލީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ޙަލީމް މިދިޔަ އަހަރު ޖެނުއަރީގައި ސަސްޕެންޑް ކުރުމަށްފަހު, މަޤާމުން ވަކިކުރީ މިދިޔަ އޮގަސްޓު 24 ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!