Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ވިދިވިދިގެން ދެ ދުވަހު ހާޒިރު ނުވެއްޖެނަމަ ގޮނޑި ދޫކޮށްލަން ޖެހޭނެ: ޖާބިރު

މަޖިލީހަށް ވިދިވިދިގެން ދެ ދުވަހު ހާޒިރު ނުވެއްޖެނަމަ ގޮނޑި ދޫކޮށްލަން ޖެހޭނެ: ޖާބިރު
ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ވިދިވިދިގެން 2 ދުވަހު ހާޒިރުނުވެއްޖެނަމަ އެ މެންބަރަކު ތަމްސީލު ކުރާ މަޖިލީހުގެ ގޮނޑި ދޫކޮށްލަން ޖެހޭނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވެފައިވަނީ، ގާނޫނު އަސާސީއަށް ބަދަލު ގެނެސް، މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހައްޓަން ގާސިމް ހުށަހެޅުއްވި އިސްލާހަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ބަހުސްގައި ޖާބިރު ވިދާޅުވީ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން ބިލެއް ހުށަހެޅުއްވި އިރު މަޖިލީހުގައި މާމިނގިލި ދާއިރާ މިހާރު ވެސް ތަމްސީލުނުވާ ކަމަށެވެ. އަދި ވިދާޅުވީ، ބިލު ހުށަހެޅުއްވީ ގާސިމް ތަމްސީލުކުރައްވާ އެ ދާއިރާއަށް ގޮނޑިއެއް އިތުރުވެދާނެތީ ކަމަށެވެ. "އަޑުގަނޑު ގަބޫލެއް ނޫން ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ދާކަށެއް. ގާސިމް އިބްރާހީމް މި މައްސަލަ ހުށަހެޅުއްވި އިރު އިއްޒަތްތެރި މެމްބަރު މި މަޖިލީހަށް ވަޑައިނުގެން، އަދި މަޖިލީހަށް ދެން އަންނާން ޖެހޭ މީހާއަށް ވެސް ނާދެވޭ ގޮތަށް ހަދަން މި އުޅެނީ" ޖާބިރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ވިދިވިދިގެން ދެ ދުވަހު ނައިސްފިނަމަ ވަގުތުން ގޮނޑި ދޫކޮށްލަންޖެހޭނެ. ލަދެއް ނުގަނޭތޯ ބޮޑެތި ބޭފުޅުން މިތަނަށްނައިސް އަދިވެސް ހަނިކުރާ ވާހަކަދައްކާކަށް.މިކަމާ އަޅުގަނޑު ވަރަށް ހިތްހަމަނުޖެހިއްޖެ.
ޖާބިރު އިތުރަށް ވިދާޅުވީ،މިހާރުވެސް މަޖިލީހުގައި 87 މެމްބަރުން ތިބި އިރު މަޖިލީހަށް ވަޑައިގަންނަވަނީ މަދު މެމްބަރުން ކަމަށް ވާތީ މަޖިލީހުގައި ދާއިރާތައް ތަމްސީލު ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް