ޔޯގާ ހަމަނުޖެހުން: ޝިފާޒުގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި
މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މ.ކުދެހިގޭ ޙަސަން ޝިފާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޝިފާޒު (29 އ) ގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް, ފުލުހުން އެދިފައިވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ.
ނަމަވެސް މި މައްސަލަ ކޯޓަށް ހުށަހެޅިފައިނުވާތީ ތަޙްޤީޤުގެ މުއްދަތު އިތުރުކޮށްފައިވާ ލިޔުމަށް ރިޢާޔަތްކޮށް ބަންދަށް އިތުރުކޮށްފައިވަނީ 30 ދުވަހެވެ.
ޝިފާޒަކީ އެ ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިވާކަމަށާއި, އޭގެތެރޭގައި ސީސީޓީވީ ފޫޓޭޖުގެ ސްނެޕްޝޮޓާއި, ކޯލް ޗާޓާއި, އެ ހާދިސާ ހިނގި ތަން ފެނުނު މީހުން ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ހިމެނޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މީދުވަހަކު ނިމުމެހނެތް ކަމެއްތަ މިސްކިތުގެހުރުމަތްކަޑާ ނަޖިސް ކުރުންއެއްވެސްކަމަކަންނުވެ އެމީހުނަށްއިހުތިރާމާގަދަރު ހެޔޮކަންތަކަންގޮވާލާ ނަސޭހަތްތެރިވާމީހުނަށް އަދަބުދިނުމުގެއިންތިހާ