ޚަބަރު ސިޔާސީ

ކީރިތި ޤުރުއާނުގެ ކަރާމާތަށްވުރެ, ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެއްޖެ: މޮސްޓާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކީރިތި ޤުރުއާނާއި, ކީރިތި ރަސޫލާގެ ޢިއްޒަތާއި ކަރާމާތަށްވުރެ, ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެކަމަށް ނޮޅިވަރަމްފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޮސްޓާ މިހެން ވިދާޅުވީ ގ.ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން އިންޑިއާ އައުޓް ޖެހި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރި މައްސަލައަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ގ.ކެނެރީގެއަކީ ބަނގްލަދޭޝްގެ އެމްޑީ އަލަމްގީރް ކިޔާ ޒުވާނަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް އިޢުތިރާފުވި ނާޒިމް ޢަބްދުއްސައްތާރުގެ ޢާއިލީ ގެއެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމަށް އިޢުތިރާފުވުމުން ނާޒިމަށް އައީ 3 މަހާއި 26 ދުވަހަށް ގޭބަންދުގެ ޙުކުމެކެވެ.

މޮސްޓާ ވިދާޅުވީ މިއަދު މި ޤައުމުގެ ފަނޑިޔާރުންނަށާއި ސަރުކާރަށް ކީރިތި ޤުރުއާނާއި, ކީރިތި ރަސޫލާގެ ޢިއްޒަތާއި ކަރާމާތަށްވުރެ, އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!