Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

އަމީނީމަގު ހެދުމަށް ގަސްތައް ކަނޑާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

އަމީނީމަގު ހެދުމަށް ގަސްތައް ކަނޑާތީ ނަޝީދު  ކަންބޮޑުވުން ފާޅުކުރައްވައިފި

މާލޭގެ އެންމެ ބޮޑު އެއް މަގުކަމަށްވާ އަމީނީ މަގު ހެދުމަށްޓަކައި, އެ މަގުގައި ހުރި ގަސްތައް ކަނޑާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަމަހުގެ 30 ގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައެވެ.

އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެ ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ ގަހެއް ހައްދަން 15-20 އަހަރު އެބަ ނަގާ ކަމަށާއި, އެކަމަކު މަގެއް ހެދުމަށް ހޭދަވަނީ ދެތިން މަސް ކަމަށެވެ.

އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ މުހިންމުކަމެއް ކަމަށާއި, ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް