ޚަބަރު އިޖުތިމާޢީ

އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ނަންބަރު ބޯޑު, ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް އަންގައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
Police, Male' Maldives

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު, ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަންގައިފިއެވެ.

Ads by Hajj Corporation

މިނިސްްރީން އިއްޔެ ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ''އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'' ގައި ވާ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

''ވީމާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ދެންނެވުނު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޢާންމުކޮށް އަންގާ އިއުލާން ކުރަމެވެ.''

އެ ގަވާއިދުގައިވާ ގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުތަކުގެ ސައިޒު ހުންނަންވާނީ އެނެކްސް 03 ގައި ފާހަގަކޮށްފައިވާ ގޮތަށް ކަމަށާއި, އެއާއި ޚިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައިހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނުކުމެފައި ހުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑައި ނަގައިގެން ބޭނުންކުރުމާއި, އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

09 ވަނަ މާއްދާގައިވާ ގޮތުން ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުގެ ނަންބަރު ބޯޑު ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށާއި, އިތުރު އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅުކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައިކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އެއާ ޚިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި, ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.

Ads by Allied Insurance
  1. އަބްދޫ

    ގަވާއިދާ އެއްގޮތަށް ނަންބޮޑް ވެސް މަގފުމަތީގަ ދުއްވުންވެސް ގަވާއިދަށް ފައްތަންވީ މަގުމަތީގަ ދުއްވުމާއި ބެހޭ ބައި ލައިސަންންސް އޮންނަ ހުރިހާފަރާތްތަކަށް ވަކިންއަންގަންފެނޭ،

  2. ޤާނޫނާއި ޤަވާއިދު ހަދައިގެން ރައްޔިތުންނަށް ވީހާ އުދަގޫ ބަލާވެރިކަން ޖެއްސޭތޯބަލަނީ، ކޮންމެ އަހަރަކު ވެހިކަލްގެ ރޯޑްވާ ދިނަސް ރޯޑްވާ ހައްދާއިރު، މަގުގެ “ރޯޑްގެ ރޯޑްވާ” ހައްދަން ނުޖެހެނީ ކީއްވެތޯ؟ މިހާރުވެސް މާލޭގެ ގިނަ މަގުގައި ދުއްވާފަ ދާއިރު ގަދަ ކަޑެއްގައި ދިއުންފަދަ އޭގައި ހުންނަ މީހާ ތަޅުވަމުން ތަޅުވަމުން ގޮސް މާބަޑު މީހަކު ވެއްޖެއްޔާ ދަރިފުޅު ވެސް އޮންނަނީ ތޮޅިލަ ތޮޅިލާ ! ކޮބައިތޯ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތް ތިޔަ ނަމްބޯޑް މިހާރު ހުރިގޮތުން އެއްވެސް އުދަގުލެ ތުރާލެ އެބަހުރިތޯ ؟