ރައީސް ޞާލިޙް, ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަކީ އިސްލާމްދީނާ ޚިލާފުކަމެއް ނޫން: ނަޝީދު

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތުމަކީ އިސްލާމްދީނާ ޚިލާފުކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ފަތުވާ ދޭ މަޖިލިސް އެކުލަވައިލުން އަވަސްކުރުމަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަތްކަން ފާހަގަކުރައްވައި ވާހަކަދައްކަވައިފައެވެ.
ޝަރީފްގެ ވާހަކަ ނިމުމުން ނަޝީދު ވިދާޅުވީ ދައުލަތެއްގެ ވެރިއެއްގެ ޖަނާޒާއަށް ރައީސް ވަޑައިގަތުމަކީ އިސްލާމްދީނާ ޚިލާފު އަމަލެއް ނޫން ކަމަށެވެ.
''ރައީސުލްޖުމްހޫރިއްޔާ އެހެން ޤައުމެއްގެ ވެރިއެއްގެ ޖަނާޒާއަށް ވަޑައިގަތުން އެއީ އެއްވެސް އިރެއްގައި އިސްލާމްދީނާ ޚިލާފުކަމެއް ގޮތުގައެއް އެއްވެސް އިރެއްގައި މި ރާއްޖެއަކު ފާހަގަކުރެވިފައެއް ނެތް.''
ނަޝީދު މިހެން ވިދާޅުވި ނަމަވެސް ކާފަރެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ދީނުން ބޭރުވާފަދަ އަމަލެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.







ކޮމެންޓް