Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސް ޞާލިޙް ކުރައްވާނަމޭ ވިދާޅުވާ ކޮންމެ ކަމަކީ ވަޢުދެއްނޫން: ނަޝީދު

ރައީސް ޞާލިޙް ކުރައްވާނަމޭ ވިދާޅުވާ ކޮންމެ ކަމަކީ ވަޢުދެއްނޫން: ނަޝީދު

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާނަމޭ ވިދާޅުވާ ކޮންމެ ކަމަކީ އެ މަނިކުފާނު ވެވަޑައިގަންނަވާ ވަޢުދެއްނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު މިއަދު ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާ ކުރެއްވި ސުވާލުގައި ދެއްކެވި ވާހަކައިގެ ތެރޭގައި ވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް އޭނާގެ ދާއިރާއަށް ރައީސް ޞާލިޙް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަވާފައި ނުވާކަން ފާހަގަކުރައްވައިފައެވެ.

އެ ގޮތުން ރައީސް ޞާލިޙްގެ ދިފާޢުގައި ނަޝީދު ވިދާޅުވީ ވަޢުދެއްކަމަށް ބެލެވޭނީ އެ ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯގައި އެކަމެއް ލިޔެފައިވާނަމަ ކަމަށާއި, ރައީސް ރަށަކަށް ވަޑައިގެން އެ ރަށެއްގައި ކަމެއް ކުރައްވާނެކަމަށް ވިދާޅުވިޔަސް އެއީ އެ މަނިކުފާނުގެ ވަޢުދެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ނަޝީދު ވިދާޅުވީ މެންބަރުން ޢިޝާރަތް ކުރައްވާ ބައެއް ވަޢުދުތަކަކީ އިންތިޚާބުތަކާ ދިމާކޮށް މަގުމަތީގައި ދަމާ ބެނާތައް ހަދާ ކުދިން ލިޔެފައި ހުންނަ އެއްޗެހިކަމަށް ޕާޓީތަކުން ކުރިން ބުނެފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް އޭނާގެ ދާއިރާއަށް ރައީސް ޞާލިޙް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަވާފައި ނުވާކަން ޢާމިރު ފާހަގަކުރައްވައިފައިވާއިރު, މީގެ ކުރިން އެހެން މެންބަރުން ވެސް މަޖިލީހުގައި މިފަދަ މައްސަލަތައް ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް