Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ޓިކްޓޮކްގައި އޮރިޔާންވި ނަބީލު 01 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ޓިކްޓޮކްގައި އޮރިޔާންވި ނަބީލު 01 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ޓިކްޓޮކްގައި އޮރިޔާން ވީޑިއޯއެއް ޢާންމުކުރި ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އަމިއްލައަށް ބަރަހަނާވެ ޓިކްޓޮކްގައި ވީޑިއޯއެއް މިދިޔަ އަހަރު ޢާންމުކުރި މައްސަލައިގައި ނަބީލް މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދަޢުވާއެވެ.

ނަބީލު އެ ދެ ދަޢުވާއަށް އިންކާރު ކުރެއެވެ. ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު ކޯޓުން ނިންމީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ނަބީލުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ގޮތުން އޮރިޔާން ކާޑު ހެދިކަން ސާބިތުވުމުން ޙުކުމްކުރީ 01 އަހަރަށް އޭނާ ޖަލަށްލުމަށެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމުން އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް