ރައްޔިތުން އަނދެގެން ހުރި މުންޑު ވިއްކައިލާ ހިސާބަށް އެމްޑީޕީން ޤައުމު ދަރުވާލައިފި: މަލީހް

ރައްޔިތުން އަނދެގެން ހުރި މުންޑު ވިއްކައިލާ ހިސާބަށް އެމްޑީޕީގެ މި ސަރުކާރުން ޤައުމު ދަރުވާލައިފިކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުދެއްކޭ މިންވަރަށް ދަރަނި ނެގީމަ ދެންޖެހޭނީ މޯގޭޖް ވިއްކައިލަން ކަމަށާއި, ރައްޔިތުން އަނދެގެން ހުރި މުންޑު ވިއްކައިލާ ހިސާބަށް އެމްޑީޕީން ޤައުމު ދަރުވާލައިފި ކަމަށެވެ.
ނުވިތާކަށް ޓެކްސް ބޮޑުކޮށް, ބޭކާރު ޚަރަދުތައް އިންތިހާއަށް ކުރަމުންދާއިރު އޮބިނޯންނަ މިންވަަރަށް ވައްކަން ކުރަމުންދާކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
''ދަރަނީގެ ދަންތުރާގައި ޖެހިއްޖެ. ޓެކްސް ބޮޑުކުރަނީ. ބޭކާރު ޚަރަދު އިންތިހާގައި. ވައްކަން އޮބިނޯވޭ. މިއީ ކަޓުގެ ސަރުކާރު.''
މަލީހް މިހެން ވިދާޅުވިއިރު ރާއްޖޭގެ ދަަރަނި މިހާރު ވަނީ 100 ބިލިއަނަށްވުރެ މައްޗަށް އަރައިފައެވެ.







ކޮމެންޓް