ޚަބަރު އިޖުތިމާޢީ

އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކޫއްޑޫ ޖެޓީ. ފޮޓޯ: ކޫއްޑޫ ފިޝަރީޒް

ގއ.ކޫއްޑޫގައި ހުންނަ މިފްކޯ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

Ads by MWSC

އޭނާ ވެއްޓުނީ އެ އިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ މިއަދު ހެނދުނު އެ ހާދިސާ ހިނގުމުން ފަރުވާދިނުމަށް ވަގުތުން އެ އަތޮޅު ވިލިނގިއްޔަށް ގެންދިޔަ ކަމަށެވެ.

ވިލިނގިލީ ހޮސްޕިޓަލުން ބުނީ ޢުމުރުން 41 އަހަރުގެ މީހެއްގެ ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބިގެން މިއަދު ހެނދުނު 08:30 ހާއިރުން ފެށިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!