ޚަބަރު އިޖުތިމާޢީ

ބަނގުރާ ފުޅިއެއް ހިފައިގެން ހުރި ފޮޓޯއެއް ޢާންމުކުރީ މަޖަލަކަށް: ޕީޖީ ޝަމީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބަނގުރާ ފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމްގައި ޢާންމުކުރެއްވީ މަޖަލަކަށްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ބަނގުރާ ފުޅިއެއް އަތުން ހިއްޕަވައިގެން ހުންނަވާ ފޮޓޯއެއް ނަންގަވައި ޕީޖީ ޝަމީމް އޭނާގެ އިންސްޓަގްރާމްގައި އެ ފޮޓޯ ޢާންމުކުރެއްވީ މި މަހުގެ 26 ގައެވެ.

އިންސްޓަގްރާމުގެ ސްޓޯރީގައި ޝަމީމް ހިއްސާކުރެއްވި ފޮޓޯގައިވަނީ މަރަނީ ބްރޭންޑްގެ ރާފުޅިއެކެވެ. އަދި އެ ފޮޓޯގައި “ވެލްކަމް ޓު ޖޯޖިއާ“ މިހެން ޖަހާފައި ވެއެވެ.

އެ ރާފުޅިއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސްގެ 27 ވަނަ ޖެނެރަލް އެނުއަލް ކޮންފަރެންސަށް ޖޯޖިއާއަށް ވަޑައިގަތުމުން ކޮންފަރެންްސްގެތެރެއިން ހަދިޔާއަށް ބެހި ރާފުޅިތަކުތަކުގެ ތެރެއިން ޝަމީމަށް ލިބިވަަޑައިގެންނެވި ރާ ފުޅިއެވެ.

''ކޮންފަރެންސަށް ވަޑައިގަތުމުގެ ކުރިން ވެސް ރާ ފުޅި ބަހާނެ ވާހަކަ ޝަމީމް ދެއްކެވި. އިންސްޓަގްރާމުގައި ފޮޓޯ އަޕްލޯޑް ކުރެއްވީ މަޖަލަކަށް ކަމަށް ވިދާޅުވި.'' ޝަމީމްގެ ވަރަށް އަރިސް ބޭފުޅަކު މިރޭ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިފަދަ ފޮޓޯއެއް ޢާންމު ކުރެއްވުމުން ބައެއް ޢިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

Ads by Allied Insurance
  1. މިއަދު

    ޢަލަމްގީރުވެސް މަޖަލަކަށޭބުނުމުން އޯކޭވާނެދޯ

  2. ލާމު

    ބޮމެއް އޮތްވާހަކަ ވެސް ބުނީ މަޖަލަކަށް.

  3. އެފު.ޒެޑު

    ރާފުޅިއެއްގަ ހކއޅަވަނީ ވެސް މަޖަލަކަށް ރާބައްލަނީ ނުވަތަ ބޮނީވެސް މަޖަލަކަށް މިސަރުކާރު ތިއްބެވި އިސްފަރާތްތަކުން އ.ދީނާއި ޚިލާފަށްކުރާ ކޮއްމެކަމެށް ވެސްކުރނީ މަޖަލަކަށް.

  4. ރަޝީދު

    ގަމާރުކަންބޮޑީ! މަގާމުން އިސްތިއުފާނުދީހުންނާކައް ލަދެއްވެސް ނުގަންނާނެ! އެ އިސްތިހާރުނުކުރިޔަސް އެހިއްޕަވާކަން ގިނަބަޔަކައް އެނގޭ!

  5. ގައުމީ

    މަޖަލަކަށް ހަދައިމް މި ގައުމަށް ޖޯކު ޖަހާ ގައުމުގެ އަގު ބައްޓާލެވޭ އިރު ތިމާ އަށް ކުރެވޭ ނުކުރެވޭ ކަމެއް އެކަމުގެ ޒާތާ ބާވަތް ނޭގޭ މީހެއް ނަމަ އިސްތިއުފާ ދީފަ މަޖާކުރަން ދާންވީނު.

  6. ރާގެންގުޅޭތީތަ މަޖަކަންވެސް ރާފުޅިދިންކޮންގެންހުރެވޭނީ މަޖަލަން އަލިފާންގަޑެއްޖަހާފަ ފުއްމާލައްވީނުއަލިފާންގަޑަށް