އުމްރާގެ އަޅުމަށް ސައުދީ އަރަބިއްޔާ އަށްދާ މީހުންނަށް މިހާރު ދެމުން އަންނަ މަސް ދުވަހުގެ ވިސާ އިތުރުކޮށް، ތިން މަހަށް ދޭ ގޮތަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައުދީގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ ވިދާޅުވީ އުމްރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްމަސްދުވަހުގެ ވިސާއެއް ކުރިން ދިން ނަމަވެސް މިހާރު އެއްވެސް ހުރަހެއް ނެތި 3 މަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އުޒްބަކިސްތާނަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސަޢޫދީ ވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސައުދީން ވަނީ ގިނަ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު މަދުވަމުން ދިޔުމާ ގުޅިގެން ކޮވިޑުން ރައްކާތެރިވުމަށް ދެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ސައުދީން ވަނީ ލުއިދީފައެވެ.
އެގޮތުން ގައިދުރުކޮށް ނަމާދުކުރުން ނިންމުކަށް ގެނެސް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން އުމްރާއަށް އެތެރެވެވޭނެކަން ސައުދީން އިއުލާންކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށްވެސް އުމްރާވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އުމުރާޔަށްދާ މީހުނަށްވެސް އޮންއެރައިވަލް ވިސާ ލިބޭ ގޮތަށް ހަދާފަ، މަތްކާ މަދީނާގައި ރަގަޅު ފިހަރަތަކާއި ޝޮޕިން މޯލްތަށް ހަދާފަ ބަހައްޓާ އޭރުން ޗުއްޓީގައި އުމުރާޔަތް މުސްލިމުން ގޮސް ޝޮޕިން ކޮށްލައިގެން އާދެވޭ ގޮތަކަށް ކަންކަން އިންތިޒާމް ކުރަންވީ !