Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ކެސިނޯ އަކީ ޙަރާމް އެއްޗެއް, އެކަން ތަޢާރަފުކުރަން ފައި ނުނަގާތި: ޝައިޚް ޢަބްދުﷲ

ކެސިނޯ އަކީ ޙަރާމް އެއްޗެއް, އެކަން ތަޢާރަފުކުރަން ފައި ނުނަގާތި: ޝައިޚް ޢަބްދުﷲ

ރާއްޖޭގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި, ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި, ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއާއި އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ މަހްލޫފާ ސުވާލު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

އެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާކަމެއް ނޫން ކަމަށެވެ. މަހްލޫފް ވިދާޅުވީ ކެސިނޯގެ މަސައްކަތް ފަށާ ވާހަކަ ދައްކާއިރަށް ''ހަރާމޭ އެ ކަމެއް ނުކުރެވޭނޭ'' ނުބުނެވޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޝައިޚް ޢަބްދުﷲ ވިދާޅުވީ ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާއި, އުއްމަތުގެ އިޖްމާޢުއިން ޙަރާމްކަމެއް ކަމަށާއި, އެކަމަށް އިންކާރު ކުރާމީހާ ޤުރުއާނަށް އީމާންނުވާ ކަމަށެވެ. އަދި އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާންމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާ ފަދައިން، ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

''ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީވަކިވަރަކަށް. ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރޭ. އެހާރުން ޤާނޫނު ތަންފީޒުކުރަން ނިކުންނާނީ ރައްޔިތުން.''

ޝައިޚް ޢަބްދުﷲ އިތުރަށް ވިދާޅުވީ ކެސިނޯއަކީ ޙަރާމް ޖުވާކުޅޭ އާލާތެއް ކަމަށާއި, އެއީ މަސް ބާނަން ގެންގުޅޭ އާލާތެއް ނުވަތަ ދޮންވެލި ސާފު ކުރާން އޮތް ބަތްޕޮޅިއެއް ނޫން ކަމަށެވެ. އަދި ކެސިނޯއަކީ މުދަލެއް ނޫން ކަމަށާއި, އެއީ މުޑުދާރު ކުންޏެއް ކަމަށާއި, މީސްތަކުންގެ މުދާ ފޭރޭ މެޝިނެއްކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް