އަންނަން އޮތް ޖީލު ހައްދުފަހަނައެޅި ވިސްނުމަށް ދޫނުކުރަން އެންމެ ބޮޑު ބާރެއް އެޅޭނީ ޓީޗަރުންނަށް: ނަޝީދު
ރާއްޖޭގައި އަންނަން އޮތް ޖީލު ހައްދުފަހަނައެޅި ވިސްނުމުން ދުރުކުރަން އެންމެ ބޮޑު ބާރެއް އެޅޭނީ ޓީޗަރުންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޓީޗަރުންނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުއްޖެއްގެ ހަޔާތުގައި ތަސައްރަފު ފުދި ބޮޑު މީހަކަށް ވަންދެން ގިނަ ވަގުތު ހޭދަކުރެވިގެންދަނީ ޓީޗަރުންނާ އެކުގައި ކަމަށެވެ.
އެހެންކަމުން މި ރާއްޖޭގައި އަންނަން އޮތް ޖީލު ހައްދުފަހަނައެޅި ވިސްނުމަށް ދޫނުކުރުމަށް އެޅެން އޮތް އެންމެ ބޮޑު ބާރެއް އެޅޭނ ޓީޗަރުންނަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
ލާދީނީ ބަިގަނޑާ ލިވާތު ފިކުރުން ދުރުކުރެވޭނީެސް ޓީޗަރުންނަށް.