ފަތުރުވެރިކަން ކުރިއަރުވަން ރައީސް ޔާމީން ކުރެއްވިފަދަ މަސައްކަތެއް ކުރެއްވި ރައީސަކު ނެތް

ފަތުރުވެރިކަން ކުރިއަރުވަން ރައީސް ޔާމީން ކުރެއްވިފަދަ މަސައްކަތެއް ކުރެއްވި ރައީސަކު ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ފަތުރުވެރިކަމާ ގުޅިގެން ދިން އެވޯޑަކީ އިންސާފުން ދިން އެވޯޑެއްނަމަ ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެ އެވޯޑު ދިނީސްކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީކަމަށްވާ އިނަރ މޯލްޑިވްސް އަދި އޭސް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ފިރާޤް މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝަހީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވަން ރައީސް ޔާމީން ކުރެއްވިފަދަ މަސައްކަތެއް އެހެން އެއްވެސް ރައީސަކު ކުރެއްވި މަންޒަރެއް ފެނިފައި ނުވާ ކަމަށެެވެ. އަދި “އެމަނިކުފާނަށް ދިވެހި ރައްޔިތުން އެ އެވޯޑް އަރުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން” ކަމަށް ޝަހީމް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ވެސް ޓޫރިޒަމް އެވޯޑު އަރުވައިފައެވެ.
މިރާއްޖޭގައި ރަސްމީކޮށް ބަންގުރަލާއި އޫރު މަސް ވިއްކަން ފެށިތާ 55 އަހަރުވެގެން އުފާފާޅުކުރަނީތޯ !
ތެދު ފުޅެއް