ޚަބަރު ޝަރުޢީ ދާއިރާ

ސްޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީއާ ޚިލާފުކަމެއް: މާނިއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޤާނޫނީ ވަކީލުންގެތެރެއިން ޖޭއެސްސީއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު މާނިއު. ފޮޓޯ: އަވަސް

ސްޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ޢަބްދުލް މާނިއު ޙުސައިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑްރަގެ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް, ފުލުހުން ޗެއިން އޮފް ކަސްޓަޑީގެ ލިޔުންތަކުގައި މައްސަލަ ހުރުމުން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ޙުކުމްކުރާތީ ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

ސްޕްރީމް ކޯޓުން މިއަދު ވަނީ, ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ހެކިންގެ ހެކިބަހުން ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރެވޭނެކަމަށް ބަޔާންކުރައްވައި ޕްރެކްޓިސް ޑައިރެކްޝަނެއް ޢާންމުކޮށްފައެވެ.

''މަސްތުވާތަކެތީގެ މައްސަލަ ތަހުލީލު ކުރެވިފައިވަނީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި, ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭކަމެއް އޮތްނަމަ, އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި, އެ ޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ހާޒިރުކޮށް, ނުވަތަ ޗެއިން މެދުކެނޑިފައި ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމަށް ބަލަންވާނެ.'' އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން ސޮއިކުރައްވައި ސްޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވެއެވެ.

މާނިއު ވިދާޅުވީ ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ޤާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށާއި, ފަނޑިޔާރުން ޤާނޫނާ ޚިލާފުވުމަކީ ޤާނޫނުއަސާސީގެ 142 ގައި މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

''މި ފަދައިން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ) އާ ވެސް ޚިލާފުކަމެއް. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެންވާނެ ކަމެއް ނޫން.''

މާނިއު ވިދާޅުވީ ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫން ކަމަށާއި, އެއަށް ދަށު ކޯޓުން ތަބާވާކަށް ނުޖެއްސޭނެ ކަމަށެވެ. އަދި މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަންޖެހޭކަމަށް މާނިއު ވިދާޅުވިއެވެ.

Ads by Ooredoo
  1. އަބްދޫ

    ސްޕްރީމްކޯޓުން އަމުރު ނެރުނަސް ގާނޫނުއަސާސީގެ 63،64 އަށް ބަލާއިރު ގާނޫނުއަސާސީއާއި ހިލާފުވާ އަމުރަކަށް ތަބާނުވުމުގެ ހައްގު މިދެމާއްދާއިން ހުރިހާފަރާތަކަށް ލިބިދިފައިވޭ.

  2. ޕުރެކްޓިސް ޑައިރެކްޝަން އަކީ ޤާނޫނު ހެދުން ޤާނޫނު ހެދުމުގެ ބާރު އޮތީ މަލިސް އަށް، ކޯޓް ތަކަށް އޮތީ ހުކުމް ކުރުން ޤާނޫނާއި އެއްގޮތަށް !

  3. ތިޔަ ޕުރެކްޓިސް ތަކުގެ ސަބަބުން ދަށު ކޯޓް ތަކަށް ޖެހުނީ ބޮޑު ބަލާވެރިކަން އެތަކު އުދަގޫ ތަކެއް ، ތިކަން ހުއްޓުވާން ޖެހޭ !

  4. ލާހި

    މުޅިންވެސް މާފެޔާ ގޭންގުތަކެއް މިއުޅެނީ ކޮންމެ ގޭންގަކުންވެސް ބޭނުންވަނީ ބާރު !