Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ބަދަލު ދިނުމުގެ ނަމުގައި ކުރާ ވައްކަން މިސަރުކާރުން ނިމުމަކަށް ނުގެންނާނެ: މަލީޙް

ބަދަލު ދިނުމުގެ ނަމުގައި ކުރާ ވައްކަން މިސަރުކާރުން ނިމުމަކަށް ނުގެންނާނެ: މަލީޙް

ބަދަލު ދިނުމުގެ ނަމުގައި ކުރާ ވައްކަން މިސަރުކާރުން ނިމުމަކަށް ނުގެންނާނެ ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ސޮއި ކުރެވުނު ގިނަ ކޮންޓްރެކްޓްތައް ހަދާފައި ހުރީ ތަޖުރިބާ މަދު ގާތް މީހުނާއި އެކު ފަހުން ދައުލަތުން ބަދަލު ހޯދަން ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައިވެސް ޢަމަލުކުރަމުން ދަނީ ހަމަ އެެހެން ކަމަށާއި ބަދަލު ދިނުމުގެ ނަމުގައި ކުރާ ވައްކަން މިސަރުކާރުން ނިމުމަކަށް ނުގެންނާނެ ކަމަށް މަލީޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/maleehjamal/status/1579183308080316416?s=46&t=Z9XYPH4uvF_UWR_8m7cQzA

މީގެ އިތުުރުން މަލީޙް ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ތަރައްޤީގެ މާނަ އެމްޑީޕީއިން ގިނަ ރައްޔިތުންތަކަކަށް އޮޅުވާލައިފި ކަމަށާއި ތަރައްޤީ މިހާރު ސިފަ ކުރަނީ ކޮންކްރީޓް އަދި ދަގަނޑު ކަމަށް ވިދާޅުވިއެވެެ. އަދި ރައީސް ނަޝީދާއި ރައީސް ޞާލިޙް “ފޮތް ހިތްޕަވައިގެން ރައީސް ޔާމީން އަރިހަށް ޓިއުޝަނަށް ވަޑައިގަންނަވަން ޖެހޭ” ކަމަށް މަލީޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް