ރައީސް ޔާމީންގެ ބޮޑު ތިލަދުންމަތި ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު ފަސްކުރައްވައިފިއެވެ.
ޕީޕީއެމުން ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ފައްޓަވާނެ ކަމަށް ޕީޕީއެމުން ވިދާޅުވިއެވެ.
https://twitter.com/progresspartymv/status/1580091332055666689?s=46&t=ZrpSVMTt2ZEHWO8-q6N4nA
ކުރިން ތާވަލުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފުޅުކުރެއްވުމަށެވެ.
ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ ކެލާ, ބާރަށް, ދިއްދޫ, އިހަވަންދޫ އަދި ތުރާކުނަށެވެ.
ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރައްވާ ދެވަނަ ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ.







ކޮމެންޓް